މޫސުން ގޯސްވެ ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވޭ: މެޓް އޮފީސް

ޚަބަރު ފަހުގެ

ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. ނަމަވެސް އުދައިގެ އަސަރު ކުރާނެ ވަކި ސަރަހައްދެއް މެޓުން އޮފީހުން ހާމައެއް ނުކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

މެޓް އޮފީހުން ވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ވައިޓް އެލާޓު ނެރެފައެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ