ރައީސުލްޖުމްހޫރިއްޔާ “މަޖީދީ ރަން”ގައި ބައިވެރިވެވަޑައިގެންފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު “މަޖީދީ ރަން”ގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ދުވުމަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަކުރުމާއި އެ ސްކޫލަށް 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. ހުކުރު ދުވަހުގެރޭ ފެށި މަޖީދީ ރަން އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރޭގެ ދުވުމުގައި ބައިވެރިވެވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އާދިއްތަ ދުވަހުގެ ހަވީރުވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަޖީދީ ރަން ފަށާފައިވަނީ ހުކުރު ދުވަހުގެރޭ 21:30 ގައި މަޖީދިއްޔާ ސްކޫލުންނެވެ. އަދި 95 ގަޑިއިރު ހަމަކޮށް ދުވުން ނިންމާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވާ އަންގާރަ ދުވަހުގެރޭ ޓްރެކް ދަނޑަށެވެ. މި ދުވުމަށް ބޮޑު ތަރުޚީބެއް ލިބެމުންދާކަން މަޖީދިއްޔާ ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.

މި ދުވުމުގައި މަޖީދިއްޔާ ސްކޫލުގެ މިހާރުގެ ދަރިވަރުންނާއި، ސްކޫލްގެ އިސްދަރިވަރުންނާއި، ކުޅިވަރުގެ ދާއިރާއަށް ލޯބިކުރާ، ވަކިން ޚާއްސަކޮށް ދުވުމަށް ލޯބި ކުރާ ގިނަ ފަރާތްތަކެއް އަންނަނީ ބައިވެރިވަމުންނެވެ.

މަޖީދީ ރަންގެ 95 ގަޑިއިރު ހަމަކުރުން ޓްރެކް ދަނޑުގައި ކުރިއަށްދާއިރު، އެ ސްކޫލުގެ އިސްދަރިވަރުންނާއި، މިހާރު އެ ސްކޫލުގައި ކިޔަވަމުންދާ ގްރޭޑް 1އިން 9ގެ ދަރިވަރުންނަށް އެކި ގަޑިތައް ކަނޑައެޅިގެން އެކި ވަގުތުތަކުގައި ދުވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ