5 ރަށެއްގެ އަންހެނުންގެ ކޮމެޓީގެ އިންތިޚާބު ޖުލައި 2 ގައި

ޚަބަރު ފަހުގެ

 5 ރަށެއްގައި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ތައްޔާރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ޙަބީބު ކުރެއްވި ޓްވީޓެއްގައު ވިދާޅުވީ، ޖުލައި މަހުގެ 2 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ ގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެންމެ ފަހުން ބޭއްވީ ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީގެ އިންތިޚާބެވެ. އެ އިންތިޚާބު ބޭއްވީ އެ ދާއިރާ ތަމްސީލް ކުރައްވާ ކޮމިޓީ މެމްބަރު އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުޤުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަނޑައެޅިފައިވާ މުއްދަތުގައި އެއްވެސް ތަރުޙީބެއް ނުުލިބުމުން އަނެއްކާވެސް ހުޅުވާލަން ޖެހުމަކީ ފަސޭހަ ކަމެއްނޫންކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ކައިރި ކައިރީގައި އިންތިޚާބުތައް ބާއްވަން ޖެހުމަކީވެސް ގޮންޖެހުން ބޮޑު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ