ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދަށް ނެރުނު ޔެލޯ އެލާޓް ހަތަރު ވަނަ ފަހަރަށް ދަމަހައްޓައިފި

ޚަބަރު ފަހުގެ

ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދަށް ނެރުނު ޔެލޯ އެލާޓް މިއަދު ހަތަރު ވަނަ ފަހަރަށް ދަމަހައްޓައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިންހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދަށް އެންމެ ފުރަތަމަ ޔެލޯ އެލާޓް ނެރުނީ މިއަދު ހެނދުނު 6 އިން 10 އަށެވެ. އެކަމަކު އެ ވަގުތު ހަމަވުމުން ހަވީރު ތިނެއް ޖަހަންދެން ވަގުތު އިތުރުކުރި ނަމަވެސް މޫސުން ރަނގަޅުވެފައި ނުވާތީ ރޭގަނޑު 7:00 އާ ހަމައަށް ޔެލޯ އެލާޓް ދެމެހެއްޓި އެވެ. އަދިވެސް އެ ސަރަހައްދަށް މޫސުން ރަނގަޅު ނުވާތީ ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ މެންދަމު 1:00 އާ ހަމައަށެވެ.

އިޝްތިހާރު
އިޝްތިހާރު

މެޓު އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާ އެކު ގަޑިއަކު 25 އާއި 30 ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އެ ސަރަހައްދަށް ވިލާގަނޑުގައި 50 މޭލަށް ވައި ބާރުވާނެ ކަަމަށާއި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

އަދި ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ