ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ދިވެއްސަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު ނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ވިދާޅުވީ، ރ. އަތޮޅު ރިސޯޓެއްގައި އިމާރާތެއްގެ 4ވަނަ ފަންގިފިލާއިން ދިވެހި ފިރިހެނަކު ވެއްޓިފައިވާކަމަށް ރޭ 12:49 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ހާދިސާ ހިނގުމާއެކު، އުނގޫފާރު ހޮސްޕިޓަލަށް އެ މީހާ ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައި ނުވާއިރު ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މައުލޫމަތު ލިބޭގޮތުން މަރުވީ ފުވައްމުލަކު ދަޑިމަގު އަވަށަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ ޒައިދު އިބްރާހިދު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ