ޑައިވް ކުރަނިކޮށް ހާލު ދެރަވި މަހުމޫދު ފާއިޒަށް އިތުރު ފަރުވާ ދޭން އިންޑިއާއަށް ފުރުވާލައިފި

ޚަބަރު ފަހުގެ

މި މަހުގެ ދެވަނަ ދުވަހު ޏ. ފުވައްމުލަކު ނެރު ކައިރިއަށް ޑައިވް ކުރަނިކޮށް ހާލު ދެރަވި މަހުމޫދު ފާއިޒަށް އިތުރު ފަރުވާ ދޭން އިންޑިއާއަށް ފުރުވާލައިފިއެވެ.

މިހާދިސާގައި މަހުމޫދު އާ އެކު ފީނަން ފޭބި މުހައްމަދު ސައީދު (މޯޑު) ގެއްލިފައި ވާއިރު އޭނާ ހޯދުމުގެ އޮޕަރޭޝަން މިހާރު ވަނީ ހުއްޓާލައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މަހުމޫދަށް ދ. ކަނޑިންމަ ރިސޯޓުން ފަރުވާދީފައި ވާއިރު އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން އޭނާ ވަނީ ކުރެއްދޫ ރިސޯޓަށް ގެންގޮސްފައެވެ. އަދި އެއަށްފަހު އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

މަހުމޫދު އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުވާލައިފައި ވަނީ އިތުރު ފަރުވާ ބޭނުންވާ ކަމަށް ކުރެއްދޫގައި ފަރުވާ ދިން ޑޮކްޓަރާއި އައިޖީއެމްއެޗްގައި އޭނާ ބެލި ޑޮކްޓަރުން ލަފާ ދިނުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި މަހުމޫދު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި އިތުރު ހައިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ނަގަން ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ