މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

ޚަބަރު ފަހުގެ

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ގޭސްފުޅި ގޮވާފައި ވަނީ މ. އުނިގަސްމަގުގައި ހުރި ގެއެއްގައި ކަމަށެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވިކަން ފިޔަވައި އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ގޭސްފުޅި ގޮވަން މެދުވެރިވި ސަބަބު އަދި އަނިޔާވި މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ސާފެއް ނުވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ