ޓިވެކު ގެ 6 ވަނަ ބެޗަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ޚަބަރު ފަހުގެ

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) 6 ވަނަ ބެޗަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓިވެކުން މައުލޫމާތު ދޭގޮތުގައި އުމުރުން 16 އަހަރު ފުރި ކީ ސްޓޭޖް 2 ނިންމާފައިވާ ކޮންމެ ދަރިވަރަކަށް ވެސް ކޯސްތަކުގައި ބައިވެރި ވެވޭނެއެވެ. ކޯސްތަކަށް ކުރިމަތިލެވޭނީ އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިފަހަރު ފަށަނީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރަން ދަސްކޮށްދޭ ކޯސްކަމަށް ޓިވެކުންބުނެއެވެ. އަދި ކޯސްތަކަށް ކުދިން ބަހާލަނީ ޑިމާންޑަށް ބަލައިގެން ލިބޭ އެޕްލިކޭޝަންތަކަށް ބެލުމަށް ފަހު ކަމަށްވެސް ޓިވެކުން ބުނެއެވެ. މި ކޯސް ތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯސްތަކެކެވެ.

މުޅި ޖުމްލަ 50 ކުދިނަށް ބެޗަކުން ޖާގަދޭއިރު ޓިވެކުން ހިންގާ ތަމްރީން ޕްރޮގްރާމުތަކުން އެއްވެސް ކުއްޖެއްގެ އަތުން ފީއެއް ނުނަގައެވެ.

ޓިވެކުން މައުލޫމާތު ދޭގޮތުން ކޯސްޓްލައިން ފައުންޑޭޝަނުން ހަރަދުކުރާ މިކޯސްތައް ސްޕޮންސަރ ކުރުމުގެ ފުރުސަތު ކޮންމެ ފަރާތްތަކަށްވެސް ހުޅުވާލެވިފައި ވާނެއެވެ.

ކޯހުގައި ބައިވެރިވާން ހަދާނީ ކިހިނެއް؟

ކޯހުގައި ބައިވެރުވުމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރގެ (ޓިވެކް) އެކަމަށް ކަނޑައަޅާފައި ލިންކުން ފޯމް ފުރާލުމުން އެކަން ވާނެއެވެ.

ކޯސް ކުރިޔަށް ދާނީ ކިހިނެއް؟

އޮރިއަންޓޭޝަން އާއި ޖެނެރަލް ވޯރޝޮޕް ޕްރެކްޓިސް (ވެލްޑިން، ކާރޕެންޓްރީ، ވޯރކް ސޭފްޓީ އެންޑް އެތިކްސް، މެކޭނިކަލް ފިޓިންގ) އާއި މަލްޓި ސްކިލް ކޮމްޕޯރނަންޓް (އޭސީއާރު، އިލެކްޓްރިކް، އެންގިން.) އިތުރުން ކޯސް ސްޕެޝަލައިޒޭޝަން އަދި އިންޑަސްޓްރިއަލް ޓްރެއިނިންގ އިތުރުން
ޕާރސަނަލް ޑިވެލޮޕްމެންޓް ސެޝަންސް ތަކަކަށް ބަހާލައިގެންނެވެ.

2018 ވަނަ އަހަރުން ފެށިގެނަ ވުޖޫދަށް އައިސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) އަކީ ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެވެ. މި ސެންޓަރު ހުންނަނީ ބ.ކިހާދޫގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ