މާލޭ ގެއެއްގެ 6 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް

ޚަބަރު ފަހުގެ

މާލޭ އަލިކިލޭގެފާނުމަގުގައި ހުރި ގެއެއްގެ 6 ވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ނިންވާލައިފިއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އަލިކިލޭގެފާނުމަގުގައި ހުރި “ޒަމާނީ ގުލްޝަން” ނަމަކަށް ކިޔާ ގެއެއްގެ 6 ވަނަ ފަންގިފިލާގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 20:39 ހާއިރު ކަމަށާއި،  މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 20:21 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ގޭގައި ގެންގުޅޭ ބައެއް ސާމާނަށް ގެއްލުންލިބިފައި ވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ