ޑައިވިންގއަށް ގޮސް އުޅުނު މީހަކަށް އަނިޔާވެއްޖެ

ޚަބަރު ފަހުގެ

ތ. އަތޮޅު ބުރުނި ކައިރިއަށް ޑައިވިންގއަށް ގޮސް އުޅުނު މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ބުރުނީ ދެކުނުން ހަތަރު މޭލު ބޭރުގައި އެންހިފަން އުޅުނު “މާފަތް4” ދޯނީގައި ހުރި މީހަކު ޑައިވިންގއަށް ގޮސްގެން އުޅުމުގެ ތެރޭގައި އަނިޔާވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

29 އަހަރުގެ އެ ޒުވާނާއަށް ލިބުނީ ކޮން ކަހަލަ އަނިޔާތަކެއްކަން ސާފެއް ނުވެއެވެ. ނަމަވެސް އާއްމުކޮށްފައި ހުރި ފޮޓޯތަކުން އެނގޭ ގޮތުގައި އޭނާއަށް އަނިޔާ ލިބުނީ އަތަށެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާ ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޑައިވިންގއަށް ގޮސް އުޅުމުގެ ހިތާމަވެރި އެތައް ހާދިސާތަކެއް ދާދި ފަހުންވެސް ރާއްޖޭގައި ހިނގަފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ