ޕޯސްޓްމޯޓަމް ހެދުމުގެ އިތުރުބާރު ފުލުހުންނަށް ދީފި

ޚަބަރު ފަހުގެ

ޕޯސްޓްމޯޓަމް ހެދުމުގެ އިތުރު ބާރުތަކެއް ފުލުހުންނަށް ދީ ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު އާއްމު ކޮށްފިއެވެ.

މިއަދު ޢާއްމުކޮށް ޢަމަލުކުރަން ފަށާފައިވާ ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދުގެ މަޤުސަދަކީ ޖިނާއީ ކުށަކާ ގުޅިގެން، މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓްމޯޓަމް އެގްޒޭމިނޭޝަން ހެދުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުތައް ބަޔާންކުރުމެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ހަ ބާވަތެއްގެ މަރާއި ގުޅިގެން ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު މި ޤަވާއިދުގައި ފުލުހުންނަށް ދީފައިވެއެވެ. އެއީ އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެފައިވާ މައްސަލައާއި، އަމިއްލައަށް މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި، ގަސްތުގައި މީހަކު މަރާލައިފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އިހުމާލުގެ ޢަމަލަކުން މީހަކު މަރުވެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި، ގޮތް ނޭނގޭ މަރުގެ މައްސަލަ އާއި ގުދުރަތީގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މަރުގެ މައްސަލަތަކެވެ.

އެ ގަވާއިދު ބުނާގޮތުން ޕޯސްޓްމޯޓަމް ހެދޭނީ ކޮމިޝަނަރ އޮފް ޕޮލިސްގެ ހުއްދައާއެކު ދިވެހި ސަރުކާރުން އެކަމަށް ގަބޫލުކުރާ ރާއްޖޭގެ މަރުކަޒުތަކާއި ބޭރު ގައުމުތަކުގައި އެ ގައުމެއްގެ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުން އެކަންޏެވެ. އަދި އެކަން ކުރެވޭނީ މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާ އެކުގައި ކަމަށާއި، މަރުގެ މައްސަލަތަކާ ގުޅިގެން ހަދާ ޕޯސްޓްމޯޓަމް ރިޕޯޓު، އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ކޯޓުން ގަބޫލު ކުރަން ވާނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ