ކައުންސިލްތަކަށް މުވައްޒަފުން ނަގަން ހުރަހެއް ނާޅަން – ސީއެސްސީން

ޚަބަރު ފަހުގެ

ކައުންސިލްތަކަށް ބޭނުންވާ މުވައްޒިފުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން ދޭންޖެހޭ ހުއްދަ ނުދޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ކޮމިޝަނުން މިއަދު ދޮގުކޮށްފި އެވެ.

ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލްތަކުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމުގެ ކުރިން ކޮމިޝަނުން އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެކަން ކައުންސިލް އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި އިދާރީ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައާއެކު މުވައްޒަފުން ހޯދުމަކީ އެ އިދާރާގެ ޒިންމާއެއް ކަމަށް ސީއެސްސީން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން، ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުގެ ބޭރުން ވަކި ޕްރޮޖެކްޓަކަށް ނުވަތަ ކޮންޓްރެކްޓް އުޞޫލުން
މުވައްޒަފެއް ނެގުމަށް ކައުންސިލަކުން ބޭނުންވާ ނަމަ، ކަމާ ގުޅޭ މައުލޫމާތު މި ކޮމިޝަނަށް ފޮނުވުމުން އެ މަގާމުތަކަށް، ކަނޑައެޅިފައިވާ ޤަވާއިދާއި އުޞޫލުތަކުގެ ތެރެއިން ހުއްދަ ދެމުންދާ ކަމަށްވެސް ސީއެސްސީން ބުނެ އެވެ.

ސީއެސްސީން ބުނީ ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލާނެ އުޞޫލެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން އެކުލަވާލައި އާންމުކުރެވިފައިވާނެ ކަމަށާއި އެ އުޞޫލުގެ ތެރެއިން ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމަކީ ކައުންސިލް އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.

އެގޮތުން އޮނިގަނޑު ފާސްނުވިކަމުގައި ވީނަމަވެސް، ކައުންސިލް އިދާރާތަކަށް ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުމަށް އެ ކައުންސިލް އިދާރާގެ ބަޖެޓުން ޚަރަދު ކުރެވެން ހުރި ނަމަ، ކަނޑައަޅާފައިވާ ޤަވާއިދާއި އުޞޫލުތަކުގެ ތެރެއިން ހުއްދަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ