އޭސީސީއަށް ހުށަހައެޅޭ މައްސަލަ ބެލުމަށް އިސްކަންދޭނެ މިންގަނޑުތަކެއް

ޚަބަރު ފަހުގެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅޭ މައްސަލަތައް ތަހްގީގުކުރުމުގައި އިސްކަންދޭނެ ގޮތުގެ މިންގަނޑުތައް އެކަށައަޅައި، މައްސަލަތައް ތަރުތީބުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

މި އުސޫލުގެ ދަށުން އެކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ނުވަތަ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައަކަށް އިސްކަންދެވޭނެ މަރުހަލާތައް ވަނީ ކަނޑައަޅާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އާންމު އުސޫލެއްގެ ގޮތުން ހާއްސަ އިސްކަމެއް ދީގެން މައްސަލަ ތަހުގީގުކުރުމަށް ނިންމާނެ ހާލަތްތައް ކަނޑައަޅާފައި ވެސް ވެއެވެ.

މި އުސޫލަކީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލައަކަށް އިސްކަންދީގެން ތަހުގީގުކުރުމުގައި އަމަލުކުރެވެނީ އެއްހަމައަކުން، ދެފުށްފެންނަ ގޮތުގައިކަން ޔަގީން ކުރުމަށާއި، އަދި މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރެވެނީ ޖަވާބު ދާރީކުރެވެނިވި ނިޒާމެއްގެ ތެރެއިންކަން ކަށަވަރުކުރުމަށާއި، ވަކި މައްސަލައަކަށް އިސްކަންދީގެން ތަހުގީގުކުރުމަށް ނިންމާ ނިންމުމަކީ ޒާތީ ތައައްސުބުންނާއި ނުފޫޒުން އެއްކިބާވެ ތިބެ ނިންމާ ނިންމުމެއްކަން ކަށަވަރުކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ އުސޫލެއް ކަމަށް އެ ކޮމިޝްނުން ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ