ރާއްޖެ އެތެރެކުރަން އުޅުނު ބައި ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި

ޚަބަރު ފަހުގެ

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ބައި ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަތީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މި މަހުގެ 18 ވަނަ ދުވަހު ބަލައި ފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 0.537 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ހާމަކުރެ އެވެ. ކަސްޓަމްސް އިން ވަނީ މި ތަކެތި ފުލުހުންނާއި މިހާރު ހަވާލުކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ މިއަހަރުގެ މިހާތަނަށް ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 6.3 ކިލޯގެ މަސްތުވާތަކެއްޗާއި އެއާކާގޯ ޝިޕްމެންޓެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ