ނާވައިދޫ ފެރީ ހަޓްގެ މަސައްކަތްވެސް ނިންމާލައިފި

ޚަބަރު ފަހުގެ

ހދ. ނާވައިދޫގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފި އެވެ.

އެމްޓީސީސީން ހަދާފައިވާ މި ފެރީ ސްޓޮޕްގައި ކިއޮސްކްއަކާއި ވެއިޓިން އޭރިއާއަކާއި ފާހާނާ ހިމެނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މި ފެރީ ސްޓޮޕަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ”އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ

ޒޯން 1ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. އެ އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލް ތަރައްގީ ކުރާނެ އެވެ.

ނޭކުރެންދޫ ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލި އިރު، އިހަވަންދޫ ފެރީ ޓާމިނަލްގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ މިމަހުގެ މެދު ތެރޭގައި ނިންމާލައިފަ އެވެ.

އެ ފެރީ ޓާމިނަލްގައި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި ޕޭރެންޓް ރޫމަކާއި ލަގެޖް ރޫމަކާއި ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނަ ހުންނާނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ