ބަޑިގުދަނަށް ބޭރު ބަޔަކު ނުވަދޭ – އެމްއެންޑީއެފް

ޚަބަރު ފަހުގެ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ބަޑިގުދަނަށް ބޭރުގެ އެއްވެސް ބަޔަކު ނުވަންނަކަމަށާއި ނުވެސް ވައްދާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ ބަޑި ގުދަނަށް އިންޑިއާ އަސްކަރީ ސިފައިން ވަދެ އެތަނުގެ ހަތިޔާރުތަކުގެ ތަފްސީލް ނަގައިފައިވާ ކަމަށް ސިފައިންގެ ވަޒީފާއިން މިހާރު ވަކިކޮށްފައިވާ އަހުމަދު ފަޔާޒު (ޕާޕާ) ވަނީ ފޭސްބުކް ޕޯސްޓެއްގައި ބުނެފައެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފުންވަނީ ޕާޕާގެ ވާހަކަތައް ދޮގުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ފަޔާޒުގެ ވާހަކަތައް ދޮގުކޮށް އެމްއެންޑީއެފުން ބުނީ ގައުމީ ދިފާއީ ބާރުގެ ހަތިޔާރުތަކާއި ސެންސިޓިވް އިކުއިޕްމަންޓްސްގެ ތަފްސީލަކީވެސް އެއްވެސް ފަރާތަކަށް ދެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެމްއެންޑީއެފްގެ ބަޑިގުދަނަށް ބޭރުގެ އެއްވެސް ގައުމެއްގެ ބަޔަކު ނުވަންނަ ކަމަށާއި، ނުވެސް ވައްދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ދިވެހި ސިފައިން ހަތިޔާރުގެ ތަމްރީނާއި ހަތިޔާރު ހޯދުމާއި ހަތިޔާރާ ގުޅޭ ޓެކްނިކަލް ސަޕޯޓް ބޭރު ގައުމުތަކުގެ އެހީގައި އަބަދުވެސް ހޯދަމުންދާ ކަމަށާއި، އެކަން މުސްތަޤްބަލުގައިވެސް އެގޮތަށް އޮންނާނެކަމަށެވެ.

ޕާޕާއަކީ މީގެކުރިން އެމްއެންޑީއެފްގެ ވަޒީފާގައި ހުރިއިރު ބަޑިގުދަނާއި ޙަވާލުވެހުރި މީހެކެވެ. ނަމަވެސް ރައީސް ޔާމީންގެ ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވާލުމާއި، 2015 ވަނަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހު ބ. ހިބަޅިދޫ ކައިރިން، ކަނޑުގެ 42 މީޓަރު އަޑިން އެމްއެންޑީއެފްގެ ހަތިޔާރުތަކެއް ފެނުނު މައްސަލާގައި އެ މަޤާމުން އޭނާ ވަނީ ވަކިކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ