މާލޭގެ އިމާރާތެއްގެ މަތިން ވެއްޓިގެން ހޯދަމުންދިޔަ ކުއްޖާ ހެޔޮ ހާލުގައި ގެއަށް އައިސްފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓިގެން ހޯދަމުންދިޔަ ކުއްޖާ ހެޔޮ ހާލުގައި ގެއަށް އައިސްފިއެވެ.

ފުލުހުން ވިދާޅުވީ މާލޭގެ އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު 12 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާ މިރޭ 21:47 ހާއިރު އެކުއްޖާ ގެއަށް އައިސްފައިވާކަމަށް އާއިލާއިން މައުލުމާތު ދޭ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

މިރޭ އެކުއްޖާ ވެއްޓުނީ އައިޓަމްސް ފިހާރަ ކުރިމަތީގައި ހުރި ގެއެއްގެ މަތިންނެވެ. އެކުއްޖާ ވެއްޓުނީ ދެ އިމާރާތް ހުރި ހިމަ ގޯޅިގަނޑެއްގެ ތެރެއަށެވެ. 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ