ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން ހުއްޓާލައިފި

ޚަބަރު ފަހުގެ

މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިން ގަޔަށް ޖެހި މައްސަލައާ ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުން ވެކްސިން ޖެހުން ހުއްޓާލާފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފި އެވެ.

އައިޖީއެމްއެޗް މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މުއްދަތު ހަމަވެފައިވާ ވެކްސިން ވިލިމާލޭ ހޮސްޕިޓަލުން ދިން މައްސަލައެއް އައިޖީއެމްއެޗްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު އެ މައްސަލަ އައިޖީއެމްއެޗް ހޮސްޕިޓަލާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި އެ މައްސަލައިގައި އިހުމާލުވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

“މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެ ކަން ކަށަވަރު ކުރުމަށް ޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.” އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ވިލިމާލޭ ހޮސްޕިޓަލުން ވެކްސިން ޖެހުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު ވެކްސިން ދެން ޖަހަން ފަށާނެ ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ