ޕީއޯއެސް ބޭނުންކޮށްގެން ކައުންސިލްތަކަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސްގެ މޮބައިލް ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ބޭނުންކޮށްގެން ކައުންސިލްތަކަށް ފައިސާ ދެއްކޭނެގޮތް ހަދައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ޕީއޯއެސް މެދުވެރިކޮށް ކައުންސިލްތަކަށް ފައިސާ ބަލައިގަނެވޭ ގޮތަށް ހެދީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި ރާއްޖޭގެ އިގްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާ މިންވަރު ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ޕީއޯއެސް މެދުވެރިކޮށް އަންނަ ބުދަ ދުވަހުން ފެށިގެން ފައިސާ ބަލައިގެނެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޕީއޯއެސް މެދިވެރިކޮށް ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭ އިން ބަލައިގަނެ ދުވަހުން ދުވަހަށް ކައުންސިލްތަކުގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ކަމަށާއި އެކަން ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސާކިއުލަގައިވާ ގޮތުން ކައުންސިލްތަކަށް ބީއެމްއެލްއިން އެޑްމިން އެކްސެސް ދޭނީ ކައުންސިލްގެ ސެކެޓްރީ ޖެެނަރަލް ނުވަތަ އޭނާ ނެތް ހާލަތެއްގައި އޭނާގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ