ޔާމީން، ފަނޑިޔާރަކަށް އިންޒާރު ދެއްވި މައްސަލައެއް ފުލުހަށް

ޚަބަރު ފަހުގެ

އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން ފުލުހަކަށް އިންޒާރު ދެއްވިކަމަށް ބުނާ މައްސަލައެއް، ޖޭ.އެސް.ސީން ފުލުހަށް ހުށައަޅައިފިއެވެ.

ޔާމީން އިންޒާރުދެއްވިކަމަށް ޖޭ.އެސް.ސީން ވިދާާޅުވެފައިވަނީ، އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި އިލެކްޝަންގައި ޕީ.ޕީ.އެމްއިން ކުރިމަތިލެއްވި ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދު “ޖަމްޕު ޖެހީ” ގާބިލުކަމާއި ތަޖުރިބާ އަށް ބަލާފައި ނޫން ކަމަށާއި އެއީ އެ މަނިކުފާނުގެ މައްޗަށް ހުކުމް ކުރަން ކެރިވަޑައިގަތުމުން ލިބިވަޑައިގަތް މަގާމެއް ކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށައަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެގޮތުން ހުށައަޅާފައިވަނީ ފަނޑިޔާރު އަލީ ރަޝީދުގެ ސެކިއުރިޓީއަށް ސަމާލުވުމަށާއި އެކަމުގައި ޖިނާއީ މައްސަލައެއް ހިމެނޭ ނަމަ ތަހުޤީޤު ކުރުމަށެވެ. ފަނޑިޔާރުންނަށް އިންޒަރުދީ މިގޮތަށް ދެކެވޭ ވާހަކަތައް ޖޭ.އެސް.ސީން އަބަދުވެސް ފުލުހުންނަށް ހުށައަޅައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ