ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕްއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޚަބަރު ފަހުގެ

2021 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ލިބޭދަރިވަރުން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލައިފިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން “އޭ” ހާޞިލްކޮށްފައިވާ ވުން ނުވަތަ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް، މަދަރުސާ އަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން “އޭ” ހާޞިލުކޮށްފައިވާ ދަރިވަރުންނެވެ. މި ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ހައި އެޗީވަރސް ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން “އޭ” ފާސް ހާޞިލްކޮށްފައިވާ ދަރިވަރުންނެވެ. މިއިން ކޮންމެ ދަރިވަރަކު އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ. އަދި  ދަރިވަރުން ޓްރޭނިންގ ނީޑްސް ގައި ހިމެނޭ ދާއިރާއަކުން ކަނޑައެޅިފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދުވެސް ސަރުކާރުން ހަމަޖައްސައިދޭނެކަމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ