ބަނގުރަލާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާ އެކު ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ. އެއީ 20 އަހަރާއި 21 އަހަރާއި 27 އަހަރުގެ މީގެއްގެ އިތުރުން 30 އަހަރުގެ މީހެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މީހުން ހައްޔަރުކޮށް އެމްއެމްއޭ ކުރިމަތީ އޮތް ޕިކަޕަކާއި އެ ދިމާ ފަޅުތެރޭގައި އޮތް ލޯންޗެއް ބަލައި ފާސްކުރިއިރު 441 ދަޅު ބިޔަރާއި 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ