ހަތަރު ރަށެއްގައި ހޮސްޕިޓަލް އަޅަން އިންޑިއާގެ ކުންފުންޏަކަށް

ޚަބަރު ފަހުގެ

ހަތަރު ރަށެއްގައި ހޮސްޕިޓަލް އަޅަން އިންޑިއާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ، ޓެލެކޮމިއުނިކޭޝަން ކޮންސްލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް)އާ ހަވާލުކޮށްފި އެވެ.

އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އިތުރުން ރ. އަލިފުށި ހޮސްޕިޓަލް ޑިޒައިންކުރުމާއި އިމާރާތްކުރުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިއީ ޖުމުލަ 57.2 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޑިޓް ސްކީމުގެ ދަށުން ފައިނޭންސް ކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ ޓީސީއައިއެލްގެ އަމިއްލަ އިސްނެގުމުގެ މަތިން ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫ، ކުޑަހުވަދޫ އަދި ވިލިނގިލީގައި އަޅާނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ