މަކަރާ ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ޚަބަރު ފަހުގެ

މަކަރާ ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން ޢާއްމުކޮށް އިޢުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އއ. މަތިވެރި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލާގައި ފުލުހުން އިޢުލާނުކޮށްފައިވަނީ ކ. މާލެ ހުޅުމާލެ. ހިޔާ 03-17-14، ވިސާން މުޙައްމަދު ހޯދުމަށެވެ.

ފުލުހުންގެ އިޢުލާނުގައިވަނީ ވިސާން މުޙައްމަދު ޖޫން މަހުގެ 10 ވަނަ ދުވަހުގެ 13:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ޙާޟިރުވުމަށް އަންގާފައެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އއ. މަތިވެރި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9994875 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ވިސާން ހޯދުމަށް ފުލުހުން ޢާއްމު އިޢުލާނެއް ކޮށްފައި މިވަނީ އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ