ގަމުގައި 100 ހައުސިން ޔުނިޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ލ. ގަމުގައި 100 ހައުސިން ޔުނިޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތެއްގައި ގަމުގައި ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގައި އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށް އެކަމުގެ އެެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝަން ނަސީމެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޝިހާދް އިބްރާހީމެވެ. 365 ދުވަސް ނުވަތަ އެެއްއަހަރު ދުވަހުގެ ތެރޭގައި ނިއްމާގޮތަށް އެސްޖޭ ކޮންސްޓްރަކްޝަނާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 100 ހައުސިން ޔުނިޓުތަކުގައި 1000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާހަނާ އަދި ސިޓިންރޫމަކާއި ބަދިގެއަކާއި ކާގެއެއްގެ އިތުރުން ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން މި ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކުރުމާއެކު ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ