ކެނެރީގޭގައި “އިންޑިއާ އައުޓް” ޖަހައިފި

ޚަބަރު ފަހުގެ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގޭގެ ފާރުގައި “އިންޑިއާ އައުޓް” ޖަހައިފިއެވެ.

ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވަނީ ކެނެރީގޭގެ ފާރުގައި “އިންޑިއާ އައުޓް” ޖަހާފައިވާ ފޮޓޯއެއް ދެންމެ ޓްވީޓް ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ކެނެރީގޭގެ ފާރުގައި “އިންޑިއާ އައުޓް” ޖަހާފައި ވާއިރު ނަޝީދު ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭން ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުންނެވެ.

ނަޝީދު މިހާރު ދިރިއުޅުއްވަނީ ކެނެރީގެއަކު ނޫނެވެ. ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ ސަރުކާރުން ނަޝީދު ދިރިއުޅުއްވުމަށް ހަމަޖައްސަވައި ދެއްވާފައިވާ މުރައީދޫގޭގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ