ކޮވިޑުގައި ވަޒީފާ ގެއްލުނު މީހުންނަށް ޕީއެސްއެމުން ފުރުސަތުތަކެއް

ޚަބަރު ފަހުގެ

ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގަމުންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އިތުރު ފުރުސަތުތައް ހުޅުވާލުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ޕަބްލިކް ސާވިސް މީޑިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ އިމާދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އެމްއޯޔޫގެ ދަށުން ޕީއެސްއެމް އިން އެޕްރެންޓިސްޝިޕްގެ ފުރުސަރުތައް ހުޅުވާލުމަށް ނިންމާފައިވާ ދާއިރާތަކަކީ
އެސިސްޓަންޓް ޕްރެސެންޓާ ޕްރޮޑިއުސަރު، އެސިސްޓަންޓް ޓީވީ ޕްރޮޑިއުސަރު އަދި ޖާނަލިސްޓް/ނިއުސްކާސްޓާ ދާއިރާއިންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްސަދަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ކަނޑައެޅިފައިވާ އެކި ދާއިރާތަކުން ފަންނީ ޤާބިލުމީހުން ބިނާކޮށް، ވަޒީފާގެ މައިދާނަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ބޭނުންވާނެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތުތަކެއް އެ ފަރާތްތަކަށް ފަހިކޮށްދިނުމަކީ ވެސް މަގުސަދެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމްތަކަށާއި އަދި މި ޕްރޮޖެކްޓުގެ ދަށުން ހިންގާ އިތުރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ