ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލުގައި ރޯކޮށްލައިފި

ޚަބަރު ފަހުގެ


ހއ.ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލުގައި ރޯކޮށްލައިފި އެވެ.

ފުލުހުން ވިދާޅުވީ ބާރަށު ގެއެއްގެ ކައިރީ ޕާކުކޮށްފައިވާ ސައިކަލެއްގައި ރޭ 03:00 އެހާކައްހާއިރު ރޯކޮށްލާފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ. އެސައިކަލަކީ ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސިވިލް މުވައްޒަފެއްގެ ސައިކަލު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ވިދާޅުވީ ރޯކޮށްލި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިކަމަށެވެ. މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މިމައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުވެސް ވަނީ އެރަށުގައި ސައިކަލެއް ރޯކޮށްލާފައެވެ. އެފަހަރު ރޯކޮށްލާ ބޮޑެތި ގެއްލުންތަކެއް ދީފައިވަނީ ހއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ ސައިކަލަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ