ދިވެހި ޕޭޕަރު ޕްރިންޓްކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން އަލުން ޕްރިންޓްކުރަން ނިންމައިފި

ޚަބަރު ފަހުގެ

އެސްއެސްސީގެ ދިވެހި ޕޭޕަރު ޕްރިންޓްކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން އެ ޕޭޕަރު އަލުން ޕްރިންޓްކުރަން ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ބުނީ،  ޕްރިންޓްކުރުމުގައި މައްސަލަ ދިމާވީ ދިވެހި މާއްދާގެ އެސްއެސްސީ އިމްތިހާނުގެ ކަރުދާސް އެކެއް ގައި ކަމަށެވެ. ދިވެހި އިމްތިހާން ކަރުދާސް ޕްރިންޓްކުރުމުގައި ދިމާވީ ކޮން މައްސަލައެއް ކަމެއް ޑީޕީއީއިން ހާމަކޮށްފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޑީޕީއީ އިން ބުނީ ޕްރިންޓްކުރުމުގައި މައްސަލަ ދިމާވި ނަމަވެސް ކަރުދާސް އަލުން ޕްރިންޓްކޮށް ކަނޑައެޅިފައިވާ ތާރީހުގައި އިމްތިހާނު ދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާގެ އެއްވަނަ ކަރުދާސް އޮންނާނީ މާދަމާއެވެ. އަދި ދެވަނަ މާއްދާ ހޯމަ ދުވަހު އޮންނާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ