ރާނީގެ “ޕްލެޓިނަމް ޖުބިލީ ޕޭޖަންޓް” ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

ޚަބަރު ފަހުގެ

އިނގިރޭސިވިލާތުގެ ރާނީ އަދި ކޮމަންވެލްތުގެ ހެޑް، ކުއީން އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި ބޭއްވި “ޕްލެޓިނަމް ޖުބިލީ ޕޭޖަންޓް” ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ އެވެ.

ކުއީން އެލިޒަބަތުގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި މިއަދުގެ ނިޔަލަށް ވަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތެރެއިން އެންމެ ފަހު ދުވަހު، އިނގިރޭސިވިލާތް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ނިސްބަތްވާހެން ދިހަހާހަށް ވުރެން ގިނަ މީހުން ވަނީ ތިން ކިލޯމީޓަރު ރޫޓެއްގެ ޕޭޖަންޓުގައި ބައިވެރިވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޖުމްލަ ހަތަރު އެކްޓަކަށް ބަހާލެވިގެން ކުރިއަށްދިޔަ މި ޕޭޖަންޓުގައި އެކުލެވުނު ފުރަތަމަ އެކްޓަކީ، ކޮމަންވެލްތަށް ނިސްބަތްވާ އެންމެހާ ޤައުމުތަކުގެ އަސްކަރިއްޔާތަކުން ބައިވެރިވި އެކްޓެކެވެ.

ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނި، މި ޕޭޖަންޓުގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވުމާއެކު، އެމްއެންޑީއެފުން މޭޖަރ މުޙައްމަދު ނަޒީމާއި، ސާޖަންޓް މޭޖަރ ސަމްޙާ ޔޫސުފާއި، ސްޓާފް ސާޖަންޓް އިބްރާހީމް ފައިސަލް، އަދި ސާޖަންްޓް އިބްރާހީމް ޝަފީޤު ވަނީ ޕޭޖަންޓުގައި ބައިވެރިވެފަ އެވެ.

މި ޕޭޖަންޓުގައި ބައިވެރިވި ޤައުމުތަކުގެ އަސްކަރިއްޔާތަކުން މާޗު ކޮށްފައިވަނީ އެމީހުންގެ ޔުނިފޯމުގައި، އެ ޤައުމެއް ރަމްޒުކޮށްދޭ ދިދަ ހިފައިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ