ކުނބުރުދު އަށް ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް

ޚަބަރު ފަހުގެ

ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ޙުސައިން މޫސާ އެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސަރެވެ.

އިޝްތިހާރު
އިޝްތިހާރު

ވޭސްޓް ޓްރާންސްފާ ސްޓޭޝަންއަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފެސިލިޓީއެކެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ފުރަތަމަ މަރުހަލާގައި އުފެދޭ ކުނި ޖަމާކުރެވޭ ފެސިލިޓީއަކީ މި ސްޓޭޝަންތަކެވެ. އަދި މި ސްޓޭޝަންތަކަށް އެކަށީގެންވާ ވަރަށް ކުނިޖާމާކުރެވުމުން މި ކުނި ވަކިކޮށް ރީސައިކަލްކުރުމަށް ނުވަތަ ނައްތާލުމަށް ހާއްޞަކުރެވިފައިވާ ފެސިލިޓީއަކަށް ބަދަލުކުރެވޭނެ އެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ މަސައްކަތް ތަކުގެ ތެރޭގައި، ސައިޓް ކްލިއަރ ކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި، ފުރާޅެއް ހެދުމާއި، ސްކްރީޑް އަދި ބްލޮކް މަސައްކަތްތަކާއި، ޕެރިމީޓަރ ޑްރެއިން ކުރުމާއި، އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ 7.67 މިލިއަން ރުފިޔާ އަށް 140 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ
މަސައްކަތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ