ފުރަތަމަ ބްރިޖް ހިލޭ ނޭޅީ ކީއްވެ؟

ޚަބަރު ފަހުގެ

ދެވަނަ ދައުރަކަށް އިންތިހާބުވިނަމަ ތިލަމާލެ ބްރިޖް ހިލޭ އަޅައިދޭން ޗައިނާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބްރިޖް ހިލޭ އެޅުމުގެ ވާހަކަ ދައްކާއިރު ޗައިނާގެ އެހީގައި ކުރީ ސަރުކާރުން އެޅި ފުރަތަމަ ބްރިޖް ހިލޭ ނޭޅީ ކީއްވެގެންތޯ ހިތަށް އަރާ ކަމަށެވެ. އަދި ރާއްޖެއާ ގުޅުން އޮންނަ އެއްވެސް ގައުމަކުން ވެރިކަމުގައި ހުންނަ މީހަކަށް ކަމެއް ނުކޮށްދޭނެ ކަމަށާއި އެގޮތަށް އެކަން ކުރާނަމަ އެއީ ގޯހެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ގައުމުތަކުން އެހީވާން ވާނީ ދިވެހި ރައްޔިތުންނަށް. މުޅި ގައުމަށް ވާންޖެހޭނީ. އަޅުގަނޑު މިތާ ހުއްޓޭ ކިޔާފައި އަޅުގަނޑަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކޮށްދީގެން ނުވާނެ. އެއީ ކޮންމެ ގައުމެއް ކަމަށްވިޔަސް” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޗައިނާ އިންވެސް އެގޮތަށް އަމަލުކޮށްފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ކޮށްދޭނަމަ ކޮށްދޭނީ މުޅި ގައުމަށާއި ރައްޔިތުންނަށް ކަމަށެވެ.

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެފްކޮންސްއާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. މިއީ މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ އެންމެ ބިޔަ މަޝްރޫއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ