ޔޫއެންޑަބްލިއުޓީއޯގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޕްރޮފެސަަރ ޖަފާރީ ރާއްޖެއަށް

ޚަބަރު ފަހުގެ

ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ޖަފާރު ޖަފާރީ ރާއްޖެއަށް އަތުވެއްޖެއެވެ.

ޖަފާރީއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމެވެ.

އިޝްތިހާރު
އިޝްތިހާރު

މި ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަފާރީ ކީ ނޯޓު ސްޕީޗެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ޖަފާރީއަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ވިސްކޮންސިން ސްޓައުޓުގެ ހޮސްޕިޓަލިޓީ އަދި ޓޫރިޒަމްގެ ޕްރޮފެސަރއެކެވެ. ޖަފާރީއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތަފާތު ގިނަ ތަޖުރިބާތައް ހުރި ފަރާތެކެވެ. އެގޮތުން ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރުމުގެ އިތުރަށް އޭނާވަނީ ފަތުރުވެރިކަމާއި ގުޅޭ ތަފާތު އެކި މަޖައްލާތަކާއި ފޮތްތަކުގެ އެޑިޓޯރިއަލް ބޯޑު މަޤާމްތައް ފުރުއްވާފައެވެ.

ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓްގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ބޭރުގެ ތަޖުރިބާކާރު ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލްއާއި، ޕާޓާގެ ސީއީއޯގެ މި ސަމިޓުގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14އިން 16އަށެވެ. މި ހަރަކާތުގައި ކުރިއަށްދާ އެންމެ ބޮޑު އެއް ހަރަކާތްކަމަށްވާ ގްލޯބަލް ސަމިޓް އޮންނަނީ މިމަހުގެ 15ވަނަ ދުވަހު ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ