ސިވިލް ސާވިސްގެ އިސްވެރިން އިންޑިއާ އަށް

ޚަބަރު ފަހުގެ

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަނަންސް އިން އިންތިޒާމުކުރާ އެއް ހަފްތާގެ ސްޓަޑީ ވިޒިޓެއްގައި ސިވިލް ސާވިސް ކޮމިޝަނުގެ ވަފުދެއް މިއަދު އިންޑިއާ އަށް ފުރައިފި އެވެ.

މި ވަފުދުގައި ކޮމިޝަނުގެ ރައީސް، ނައިބު ރައީސް އަދި މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ޑިވިޝަންތަކުގެ ހެޑުން ހިމެނޭހެން 11 މެންބަރުން އެކުލެވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ސީއެސްސީން ބުނީ މި މަހުގެ 17 ގެ ނިޔަލަށް އިންޑިއާގެ ދިއްލީއަށް ކުރާ މި ދަތުރުގައި އެކިއެކި މުއައްޞަސާތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ސަރުކާރުގެ އިންސްޓިޓިއުޝަންތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރީފޯމްސް އެންޑް ޕަބްލިކް ގްރީވެންސެސް ، ކެޕޭސިޓީ ބިލްޑިންގ ކޮމިޝަން، ޔޫނިއަން ޕަބްލިކް ސަރވިސް ކޮމިޝަން، ސެންޓްރަލް އިންފޮރމޭޝަން ކޮމިޝަން، ސެންޓްރަލް ވިޖިލަންސް ކޮމިޝަން އަދި މޮރާރްޖީ ޑިސައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޔޯގަރ ހިމެނެ އެވެ.

މީގެ އިތުރުން ވަފުދުގެ މެންބަރުން ތާޖު މަހަލް އަދި ތާރީޚީ އިތުރު ތަންތަނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ސީއެސްސީން ބުނެ އެވެ.

މިއީ ސިވިލް ސަރވިސްގެ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޮމިޝަނަށް ލިބުނު ފުރުސަތެއް ކަމަށް ސީއެސްސީން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ