ނަމާދު ކުރުން ހަރުކަށި ފިކުރާއި ގުޅުވި ޓުވީޓް ޑިލީޓް ކޮށްފި

ޚަބަރު ފަހުގެ

ސްކޫލް ދަރިވަރުން ނަމާދު ކުރުމަކީ ހަރުކަށި ފިކުރަށް ދިއުމުގެ އަލާމާތެއް ކަމަށް ޔޫތް މިނިސްޓްރީން ކުރި ޓްވީޓް ޑިލިޓް ކޮށްފިއެވެ.

ހަފްތާ ރެސް ޕްރޮގްރާމްގައި ކުރިއަށް ގެންދިޔަ ސެޝަނެއްގައި ބުނެފައި ވަނީ ސްކޫލް ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރ.އުނގޫފާރުގައި ކުރިއަށް ގެންދިޔަ މިޝެޝަންގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ހޯފް ފޯ ވްމެން ޖަމިއްޔާ އާއި ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހާއި ޓްރާންސްޕޭރެންސީ އާއި އަދި އިސްލާމިކް ޔުނިވަސިޓީން ބައިވެރިވިއެވެ.

ޔޫތު މިނިސްޓްރީ އަކީ މިޕްރޮގްރާމް ހިންގައި އިންތިޒާމްތައް ކުރިއަށް ގެންދާ މިނިސްޓްރީ އެވެ. “އަމާން ވިލުނުވެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާ އާއިއެކު” ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ވަނީ ފުރާވަރު އުމުރު ކުދިން ތުނބުޅި ބެހެއްޓުމަކީ ވެސް ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފައެވެ.

އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުމަކީ ވެސް ކުއްޖަކު ހަރުކަށި ފިކުރަށް ބަދަލު ވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ވޯކްޝޮޕްގައި ކިޔައި ދީފައިވެއެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ