ބިއްލޫރި ޝީޓުތަކެއް ދަށުވެ 3 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

ޚަބަރު ފަހުގެ

ސިނާއީ މަސައްކަތް ކުރާ ރަށެއްގައި ކުރަމުންދިޔަ މަސައްކަތެއްގެ ތެރެއިން، ބިއްލޫރި ޝީޓުތަކެއް ދަށުވެ 3 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް ވިދާޅުވީ ބިއްލޫރި ޝީޓުތަކެއް ދަށުވެ ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާ ހޯދުމަށް 3 މީހަކު އެ ހޮސްޕިޓަލަށް މިއަދު ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު މެންދުރުފަހު 1:30 ހާއިރު އެ ހޮސްޕިޓަލަށް ގެނައި ތިން މީހުންނަކީ ސިނާއީ މަސައްކަތް ކުރަމުން އަންނަ ނ. މާކުރަންދޫގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ ވިދާޅުވީ، މި ހާދިސާގައި އަނިޔާވެގެން ފަރުވާ ދެމުންދަނީ ބަންގްލަދޭޝްގެ 3 މީހުނަށް ކަމަށާއި އެ މީހުންނަކީ ރެސްޓު ބްލޮކް ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ 3 މީހުން ކަމަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ، އެމީހުންނަށް ފަރުވާ ދެމުންދަނީ އެމަޖެންސީގައި ކަމަށާއި އެ މީހުނަށް ލިބިފައިވަނީ ވަރަށް ބޮޑެތި އަނިޔާތަކެއްކަމުން، ބައެއް ޓެސްޓްތައް ހަދަމުން ދާކަމަށެވެ. އިތުރު ފަރުވާއަށް މާލެ ގެންދިޔުމާއިމެދު އަދި ގޮތެއް ނުނިންމާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ