ދާއިރާގެ ރައްޔިތުންނާ ގުޅުން ހުރި ކަންތައް ބޭރުކޮށްލުމަކީ އަޅުގަނޑަށް ކުރެވޭ ޖެއްސުމެއް ނޫން ! ނަހުލާ

ފަހުގެ ސިޔާސީ

ދާއިރާގެ ރައްޔިތުންނާ ގުޅުން ހުރި ކަންތައް ބޭރުކޮށްލުމަކީ އަޅުގަނޑަށް ކުރެވޭ ޖެއްސުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއްކަމަށް ވިލިމާލެ ކައުންސެލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ މިފަދައިން ވިދާޅުވީ ވިލިމާލޭ ޕަބްލިކް ފާޚާނާގެ ޚިދުމަތް ރައްޔިތުންނަށް ލިބެމުން ނުދާތީ އެކަން ހައްލުކުރުމަށް މިމަހުގެ 15 ވަނަ ދުވަހު އޮންނަ ކައުންސިލް ރަސްމީ ޖަލްސާގެ އެޖެންޑާގައި ހިމަނައި ދެއްވުމަށް ހުށައެޅުމުން އެމައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް އެމައްސަލަ ބޭރުކޮށްލުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

” ޕަބްލިކް ފާޚާނާގެ ޚިދުމަތް ރައްޔިތުންނަށް ލިބެމުން ނުދާތީ އެކަން އެޖެންޑާ ކުރަން އެދުމުން ހިމަނައި ދިން ، އެކަމަ އެޖެންޑާ ފާސްކުރަން ރިޔާސަތުން އެދުމުން، މެދު ހެންވޭރު ދާއިރާ ކައުންސިލް އެދުނީ އެ މައްސަލަ ނުހިމަނާ އެޖެންޑާ ފާސްކުރަން ” ނަހުލާ

އެ މައްސަލައަކީ ރައްޔިތުން ނުހަނު ހައްލުކުރަން އެދޭ ކަމެއްކަމްށާ އެހެންކަމުން ފުރުސަތަކަށް ތަކުރާރުކޮށް އެދުމުންވެސް ފުރުސަތެއް ނުދެއްވާ އެ މައްސަލަ ބޭރުކޮށްލީ ކަމަށްވެެސް ނަހުލާ ވިދާޅުވިއެވެ .

” މިއީ އަޅުގަނޑަށް ކުރާ ޖެއްސުމެއްނޫން، މިއީ ދާއިރާގެ ތަރައްގީއާ ރައްޔިތުންނަށް ކުރާ ޖެއްސުމެއް” ނަހުލާ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ