މަދަނީ އިޖްރާއަތުގެ ތަމްރީން ޕްރޮގްރާމްގެ 07 ވަނަ ބުރު ކުޅުދުއްފުށީގައި

ޚަބަރު ފަހުގެ

މަދަނީ އިޖްރާއަތުގެ ގާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 07 ވަނަ ބުރު ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުޅުދުއްފުށީގައި ކުރިއަށް ގެންދަނީ 19 އިން 20 ޖޫން 2022 ގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި، ހއ. ހދ. އަދި ށ އަތޮޅުގެ މެޖިސްޓްރޭޓުންނާ އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމްލަ 46 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާންއެވެ. މި ޕްރޮގްރާމް ފައްޓަވަމުން އުއްތަމަފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި މި ޤާނޫނަށް އަމަލުކުރަން ފެށުމުން ރައްޔިތުންނަށް ފަސޭހަކަމާއި އަވަސްކަމާއެކު އަދުލު އިންސާފަށް ވާސިލުވުމުގެ މަގު ފަހިވާގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެކަމަށް މަގުފަހިވެގެންދާނެ ގޮތަށް ކޯޓުތަކުން ކަންކަން ތަރުތީބުކޮށް އިންތިޒާމްކުރުމަށްވެސް އުއްތަމަފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަލްއުސްތާޛު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ސިވިލް ކޯޓުގެ ޤާޟީން އަލްއުސްތާޛު ޒުބައިރު މުޙައްމަދު އަދި ޤާޟީ އަލްއުސްތާޛު ޢަބްދުލްމަތީންއެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛު ޢަބްދުއްސަލާމް ޢަލީ އަދި ސިވިލް ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޛާ މަރްޔަމް ވަރުދާ މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވާނެއެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ، މި ޤާނޫނުގެ ދަށުން މައްސަލަ ބަލައިގަތުމާއި ޝަރީއަތްކުރުން އަދި ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި މަދަނީ މައްސަލަތަކުގައި މައްސަލަ ބަލައިގަތުމުން ފެށިގެން ހުކުމްކުރުމާ ހަމައަށް މައްސަލައާ ގުޅިގެން އިދާރީ ކަންކަން ކުރިއަށް ގެންދާނެގޮތްތަކާއި ހަރަދު ނަގައިދިނުމުގައި ހިސާބުކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީ، އަމަލީ ސިފައެއްގައި މިކަންކަން ކުރާނެ ގޮތްތައް ކިޔައިދެވޭނެ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ