ވިސާހޯދަން ދުރާލައި ހުށަހަޅަން އިލްތިމާސް ކުރައްވައިފި 

ޚަބަރު ފަހުގެ


ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ބޭނުންވާ ޙާލަތްތަކުގައި ދުރާލައި ވިސާއަށް އެދި ހުށަހެޅުމަށް ސަމާލުކަން ދިނުމަށް ދިވެހި ސަރުކާރުން އިލްތިމާސްކުރައްވައިފިއެވެ.

ސަރުކާރުން މިހެން ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާއަށް އެދި ހުށަހަޅާއިރު ފަހަކަށްއައިސް ވިސާ ހޯދުމުގައި ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް، އަދި ވިސާ ޕްރޮސެސްކުރުމަށް މިޝަންތަކުން ކަނޑައަޅާފައިހުންނަ މުއްދަތަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެޕްލިކޭޝަން ފޮނުވުމާއި، އެޕޮއިންޓްމަންޓް ތާރީޚް އަވަސްކުރުމަށް އެދެމުންދާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން، ފުރަން ހަމަޖެހިފައި އޮންނަ ތާރީޚަށް ވިސާ ނުލިބުންފަދަ ޙާލަތްތައް ތަކުރާރުވަމުންދާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. ވިސާ ދޫކުރުމަކީ އެ ޤައުމަކުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ އަދި އެކަމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ހަމައެކަނި އެ ވިސާ ދޫކުރާ ޤައުމަކަށް ލިބިފައިވާ ކަމެކެވެ.

މީގެތެރޭގައި ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުމާއި، އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށަހަޅަން ޖެހުމާއި، އަދި ބައެއް ހާލަތްތަކުގައި ބައޮމެޓްރިކްސް ނެގުމަށާއި އިންޓަވިއުއަށް، ވިސާއަށް އެދޭ ފަރާތް ހާޒިރުވާންޖެހުންވެސް ހިމެނެއެވެ. އެހެންކަމުން، އެކަށީގެންވާ ވަގުތު އޮއްވައި ވިސާއަށް އެދި ހުށައެޅުމާއި، ލިޔެކިޔުންތައް ފުރިހަމަކުރުމާއި، ދުރާލައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރސް މެދުވެރިކޮށް ވިސާ އެޕްލިކޭޝަނާއި ޕާސްޕޯޓު ފޮނުވަންޖެހޭ ޙާލަތްތަކުގައި، ވިސާ ޕްރޮސެސްކުރުމަށް މިނިސްޓްރީގެ ޑިޕްލޮމެޓިކް ޕައުޗުގައި ޕާސްޕޯޓު ފޮނުވުމާއި އަނބުރާ ގެނައުމަށްވެސް ވަގުތު ހޭދަވާތީ މިކަމަށް ސަމާލުވުމަކީ ވަރަަށް މުހިއްމު ކަމެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްރީން އަންނަނީ ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އެ ޤައުމެއްގެ މިޝަނެއް ޤާއިމުކުރެވިފައިނުވާ ޤައުމުތަކުގެ ވިސާ ހޯދުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ