ދިޔަމިގިލީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

ޚަބަރު ފަހުގެ

ތ. ދިޔަމިގިލީގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙުމަދު މޫސާ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށްވާއިރު މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 8،811،039.97ރ. އަށެވެ.

އަންހެނުންނަށް ވެސް ނަމާދުކުރެވޭ މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 28 ޑިސެންބަރު 2021 ގަ އެވެ. މި މިސްކިތް 365 ދުވަހުގެ ތެރޭ ނިންމަންޖެހެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ