އެމްއެންޔޫ ވަޒީފާއިން ޑރ. އިޔާޒް ވަކިކުރުން ބާތިލްކޮށްފި

ޚަބަރު ފަހުގެ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.އިޔާޒް އަބްދުލް ލަތީފް، ގައުމީ ޔުނިވަސިޓީ (އެމްއެންޔޫގެ) ގެ އެސިސްޓެންޓް ޕްރޮފެސަރު ކަމުގެ ވަޒީފާއިން ވަކިކުރި ވަކިކުރުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބާތިލުކޮށްފިއެވެ.

ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ޓްވީޓެއްގައިވަނީ އޭނާއަށް އެހީތެރިވި ދިން ފަރާތްތަކަށާއި އޭނާގެ ޤާނޫނީ ވަކީލަށް ޝުކުރު ދަންނަވާފއެވެ.

އިޝްތިހާރު
އިޝްތިހާރު

“މިދަތި އަދި ހިތާމަވެރި ވަގުތުގައި ހުރިހާ ގޮތަކުންވެސް އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަކިން ޚައްޞަކޮށް އަޅުގަނޑުގެ ޤާނޫނީ ވަކީލް އިބްރަހިމް ޝަމީލް ކޮށްދެއްވި ބުރަ މަސައްކަތް ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރަން.”އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ވަނީ އެ އިދާރާއިން ގޮތްތަކެއް ނިންމުމުގެ ކުރީން އިޔާޒު އަދާކުރަމުންދިޔަ ވަޒީފާއަށް ދާއިމީ މީހަކު ހަމަނުޖެއްސުމަށާއި ވަޒީފާ އިއާދަކުރުމަށް ނިންމާ ހާލަތެއްގައި އެކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު އަންގާފައެވެ.

ޑރ.އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އަދާކުރަމުންދިޔަ ވަޒީފާ އަލުން އިޔާދަކުރުމަށް ޓްރިބިއުނަލްގެ އަމުރުގައިވެއެވެ. އަދި ކުރިން ލިބުނު މުސާރައާއިއެކު 7 ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމަށް ވަނީ އަމުރުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ