ގަލޮޅު ދަނޑުގައި ކުރިއަށްގެންދަން އުޅުނު ޔޯގާ ހަރަކާތް އާންމުން ނިކުމެ ހުއްޓުވައިފި

ޚަބަރު ފަހުގެ

ޔޯގާ ޑޭ ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ބާއްވަން އުޅުނު ޔޯގާ ހަރަކާތް އާންމުން ވަދެ ހުއްޓުވައިފިއެވެ.

އެ ހަރަކާތް ކުރިން އާޓިފިޝަލް ބީޗުގައި ބާއްވަން އުޅެ، އެކަމަށް ސިޓީ ކައުންސިލުން ހުއްދަ ނުދިނުމުން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި އެ ހަރަކާތް ބާއްވަން މަސައްކަތް ކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

ހަރަކާތަށް މީހުން ގަލޮޅު ދަނޑަށް ވަތްން އިރުވެސް ދޮރުމަތީގައި އާންމުން ދިޔައީ އެކަމާއި ދެކޮޅަށް އަޑު އުފުލާ ޝިއާރު ފާޅުކުރަމުންނެވެ.

ހަރަކާތް ފެށުމުގެ ގޮތުން މިނިސްޓަރު މަހްލޫފް ވާހަކަފުޅު ދައްކަވަން ފެށިތަނާހެން، ބޭރުގައި ތިބި އާންމުން ވަނީ ފުލުހުންގެ ސެކިއުރިޓީ ފޫދުއްވާލުމަށްފަހު އެތެރެއަށް ވަދެގެންފައެވެ. އަދި އެ ސަރަހައްދުގައި ޖަހާފައިހުރި އިންޑިއަ އަދި ރާއްޖޭގެ ދިދަތައް ބިމުން ލުހެލައި ދިދަ ދަނޑިތައް ބިނދެލައި ބައެއް މެޓްތައް ވީދާލައި، އަދި ކޮންމެވެސް ވަރަކަށް ކުރިމަތިލުންތައްވެސް ކުރިއަށްދިޔައެވެ.

އެ ހަރަކާތް ހުއްޓާލައި އެ ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ސަރަހައްދުން މީހުން ނެރެފައިވާއިރު، ހަރަކާތް ހުއްޓުވަން މަސައްކަތްކުރި އާންމުންގެ ތެރޭގައި ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކާއި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. ބައެއް މީހުން ހަރަކާތްތެރިވަމުންދިޔައީ ޝަހާދަތުގެ ކަލިމަފުޅު ލިޔެފައިވާ ހުދު ދިދަވެސް ހިފައިގެންނެވެ.

ރާއްޖޭގެ ގިނަ އިލްމުވެރިން ދިޔައީ މި ހަރަކާތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޔޯގާގައި ދީނީ ފުށުއެރުންތަކެއް ހުރިކަމަށް ބުނެ، އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ