ބާ އިމްތިހާން ފަސްކޮށްފި

ޚަބަރު ފަހުގެ

ގާނޫނީ ވަކީލުކަން ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ބާ އިމްތިހާން ފަސްކުރަން ބާ ކައުންސިލުން ނިންމައިފި އެވެ.

ބާ ކައުންސިލުން މި އިމްތިހާން ފަސްކޮށްދީފައިމިވަނީ ބާ އިމްތިހާން ފަސްކޮށްދިނުމަށް ވަރަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނާއި ގާނޫނީ ވަކީލުކަން ކިޔެވުމަށްފަހު އަދި ހުއްދަ ނުލިބޭ ފަރާތްތަކުން އެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ބާ ކައުންސިލުން ކުރިން ނިންމާފައި އޮތީ އެ އިމްތިހާން މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށެވެ. ނަމަވެސް މިހާރު ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަށް މި އިމްތިހާން ފަސްކޮށްދީފަ އެވެ.

ބާ ކައުންސިލުން ބުނީ މި މަހުގެ 25 ވަނަ ދުވަހު އިމްތިހާން ހެދުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ދެން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށާއި އެގޮތުން އެ ފުރުސަތު ހުޅުވާލާނެ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށްވެސް ބާ ކައުންސިލުން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ