ނިޝާނާއި ފަޒްލޫންގެ ދަރުސް ދިނުމުގެ ހުއްދަ ސަސްޕެންޑްކޮށްފި

ޚަބަރު ފަހުގެ

ނިޝާނާއި ފަޒްލޫންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ސަސްޕެންޑް ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ނިޝާނާއި ފަޒްލޫނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ ގަލޮޅު ދަނޑުގައި އިއްޔެ އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި އެއްވުމަށް ހިތްވަރު ދީފައިވާތީ އާއި އެ ދެ ފަރާތުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާކަން ފުލުހުން އަންގާފައިވާތީ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ނިޝާނާއި ފަޒްލޫން ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް ވެސް ހައްޔަރުކޮށްފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.

އިއްޔެ ފާހަގަކުރި މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ