މާލޭ ސިޓީ ކައުންސިލްގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުން ޖުލައި މަހު 19 ގައި

ޚަބަރު ފަހުގެ

މަލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް މާލޭ ސިޓީ ކައުންސިލްއިން ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރު ބާއްވާ ދެވަނަ ބައްދަލުވުން އަންނަ ޖުލައި 19 ގައި ބާއްވަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ފަހަރު ބާއްވާ ބައްދަލުވުމަކީވެސް މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްފަދައިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން ދެއްވަން ބޭނުންވާ ޚިޔާލުތަކަށް ފުރުޞަތު ހުޅުވާލެވިގެން ކުރިއަށްދާނެ ބައްދަލުވުމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މުއިއްޒު އިތުރަށް ވިދާޅުވީ ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ކައުންސިލްގެ އިދާރީ ހިންގުމަށް އަންނަ ބޮޑު ބަދަލެއް އެރޭގެ ބައްދަލުވުމުގައި ފެނިގެންދާނެ ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ރައްޔިތުންގެ ބައްދަލުވުމުގައި އިފްތިތާހު ކުރާނެ ކަމަށެވެ.

ވީހާވެސް ގިނަ ރައްޔިތުންނަށް އެ ބައްދަލުވުމަށް ވަޑައިގެންނެވުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ