ބޮޑުފޮޅުދޫ ކައުންސިލުން ދޭ “ހަވިންތަ އެވަރޑްސް” ހަފުލާ ބާއްވައިފި

ޚަބަރު ފަހުގެ

ބޮޑުފޮޅުދޫ ކައުންސިލުން ދޭ “ހަވިންތަ އެވޯރޑްސް” ހަފުލާ ބާއްވައިފިއެވެ. މި އެވޯޑް ހަފުލާ ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 21.00 ގައި ބޮޑުފޮޅުދޫ ސްކޫލްގައެވެ.

މި އެވޯޑަކީ ބޮޑުފޮޅުދޫ ކުލަބް ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ މަޤްސަދުގައި ރަށު ކުލަބް ޖަމިއްޔާތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކުލަބް ޖަމިއްޔާތަކަށް ދޭ އެވޯޑެކެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން އެންމެ ހިންގުންތެރި ކުލަބް ޖަަމިއްްޔާއަށް ހަވިންތަ ޝަރަފްގެ އެވާރޑްގެ އިތުރުން ކްލަބު ޖަމިއްޔާއިން ކުރިއަށް ގެންދިއުމަށް އަހަރީ ޕްލޭންގައި ހިމަނާފައިވާ ހަރަކާތްތައް ހިންގުމަށް 10000.00 ( ދިހަހާސް ރުފިޔާ ) ގެ މާލީ އެހީތެރިކަމެއް ފޯރުކޮށް ދެއެވެ. މީގެ އިތުރުން ދެވަނައަށް ހޮވޭ ކްލަބް ޖަމިއްޔާއަކަށް، އެކްލަބު ޖަމިއްޔާއިން ކުރިއަށް ގެންދިއުމަށް އަހަރީ ޕްލޭންގައި ހިމަނާފައިވާ ހަރަކާތްތައް ހިންގުމަށް 5000.00 ( ފަސް ރުފިޔާ ) ގެ މާލީ އެހީތެރިކަމެއް ފޯރުކޮށް ދެއެވެ.

2021 އަހަރުގެ އެންމެ ހިންގުންތެރި ކުލަބް ޖަމިއްޔާގެ އެވާރޑް ހޯދީ އާރްޖީބީ ސްޕޯޓްސް ކްލަބެވެ. 2021 ވަނަ އަހަރު ދެވަނައަށް ހިންގުންތެރި ކުލަބް ޖަމިއްޔާގެ އެވާރޑް ހޯދީ އާރު ޖަމިއްޔާއެވެ.

2021 ވަނަ އަހަރު އިޖުތިމާއީ ދާއިރާއިން އެންމެ މަތީ ދަރަޖައިގެ އެވާރޑް ހޯދީ އާރުޖީބީ ސްޕޯޓްސް ކުލަބެވެ. 2021 ވަނަ އަހަރު އުމުރާނީ ތަރައްގީގެ ދާއިރާއިން އެންމެ މަތީ ދަރަޖައިގެ އެވާރޑް ހޯދީ އާރު ޖަމިއްޔާއެވެ. 2021 ވަނަ އަހަރު ސިއްހީ ދާއިރާއިން އެންމެ މަތީ ދަރަޖަގެ އެވާރޑް އާރްޖީބީ ސްޕޯޓްސް ކްލަބް ވަނީ ހޯދައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ