ރިލްވާނާއި ޔާމީނުގެ މަރުގެ މައްސަލައިގައި ގަޓު މުއާވެސް ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނަގައި މަރާލާފައިވާ މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދު މަރާލާފައިވާ މައްސަލައާ ގުޅިގެން ތިން ވަނަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައާ ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދަފްތަރު ނަންބަރު އާރުއެސް 8499، އަހުމަދު މުއާޒު (40އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ ހައްޔަރުކުރީ ކޮންތަނަކުން ކަމެއް ނޭނގެއެވެ.

ފުލުހުން ބުނީ، މިއަދު ހައްޔަރުކުރި އަހުމަދު އިސްމާއިލް (އަހަނދު)، 39އ. އާއި މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ)، 30އ. ހައްޔަރުކުރީވެސް އެ މައްސަލައިގެ ތުހުމަތުގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިސޫ ހައްޔަރުކުރީ ކާނިވަލުގެ ކެފޭއެއްގެ ތެރޭގައި ސައިބޯން އިންދަ އެވެ. އަދި އަހަނދުވެސް ހައްޔަރުކުރީ މާލެއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ