ޔޯގާ ދުވަސް ފާހަގަނުކުރަން ނާންގާ: ޔޫތު މިނިސްޓްރީ

ޚަބަރު ފަހުގެ

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ނުކުރަން ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން އާއި އެމިނިސްޓްރީ ގުޅިގެން ކަމަށެވެ. އަދި އެހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެދުވަސް ފާހަގަކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށް ބަޔާނުގައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން 2014 އިން ފެށިގެން ޔޫތު މިނިސްޓްރީން އެކަމުގައި ބައިވެރިވަމުން އަންނަނީ ޔޯގާއަކީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމަށް ވާތީއާއި، އެހެން ހުރިހާ ގައުމުތަކުގެވެސް ކުޅިވަރު މިނިސްޓްރީން ބައިވެރިވާ އުސޫލުން ކަމަށް ބަޔާނުގައިވަނީ ބުނެފަ އެވެ.

“އިންޓަރނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަ ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން މި މިނިސްޓްރީއަށް އަންގާފައި ނުވާ ކަމުގައި ދަންނަވަމެވެ.” ބަޔާނުގައިވެ އެވެ.

މީގެއިތުރުން ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފުވާނެ އެއްވެސް ކަމެއް އެމިނިސްޓްރީގެ ފަރާތުން ނުހިންގާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ބުނެފައިވެ އެވެ.

ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންތައްތަކެއްކަމުން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެފަދަ މައްސަލަތަކާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރަޢުޔު ކަނޑައެޅުމަކީ މުހިއްމުކަމެއް ކަމުގައި ދެކޭ ކަމަށްވެސް ޔޫތް މިނިސްޓްރީން ބުނެފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ