އޮފިސަރސް ރޭންޖު ޑޭގެ ހަރަކާތްތައް ރައީސް ބައްލަވާލައްވައިފި

ޚަބަރު ފަހުގެ

ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދިޔަ “އޮފިސަރސް ރޭންޖު ޑޭ 2022” ގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ސާލިހު ބައްލަވާލައްވައިފިއެވެ.

މި ހަރަކާތްތައް ފަށާފައިވަނީ ހުކުރު ދުވަހުގެ މެންދުރު 2:30ގައެވެ. މި ހަރަކާތުގައި އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ހޯދުނު ޒަމާނީ އެކިއެކި ވެޕަން ސިސްޓަމްތަކުގެ ޑިސްޕްލޭއެއް، ރައީސް ބައްލަވާލެއްވިއެވެ. އެ ޑިސްޕްލޭގައި، ހާއްސަ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރުމަށް އެމްއެންޑީއެފް އަށް އަލަށް ހޯދުނު ހަތިޔާރާއި، ޕާސަނަަލް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރާއި، ސަޕޯޓް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރުތައް ވަނީ ދައްކާލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ވެޕަން ޑޭގައި، އެ ހަތިޔާރުތަކުގެ ޓެސްޓް ޝޫޓިންގ ތައް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގެ ފަޔަރިންގ ރޭންޖުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އޮފިސަރސް ރޭންޖު ޑޭ ގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސްގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޮފިސަރސް ރޭންޖު ޑޭގެ ހަރަކާތްތަކުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ