އައްޑޫގައި ކުޑަ ކުއްޖަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ޚަބަރު ފަހުގެ

އައްޑޫ ސިޓީގައި ކުޑަ ފިރިހެން ކުއްޖަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ. ހިތަދޫ މޫލެކެޑެ އަވަށުގެ ގެއަކަށް ނިސްބަތްވާ އެކުއްޖާ ދަންޖެހުނީ މިއަދު ހަވީރު ގެ ވަގުތެއްގައެވެ.

ދަންެޖެހިފައި ހުއްޓާ ފެނިފައި ވަނީ 12 އަހަރުގެ ކުއްޖެކެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ކޮޓަރީގެ ތެރޭގައެވެ. ދަންޖެހިފައި ހުއްޓާ ފެނުނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި މިކުއްޖާ ދަންޖެހިފައި ހުރީ އެގޭގެ ކޮޓަރިއެއްގެ ތެރޭ ހުރި ފަންކާގައި އެލުވިގެންނެވެ. އެމަންޒަރު ފުރަތަމަ ފެނުނު ކަމުގައިވެސް ވަނީ ކުއްޖާގެ ދައްތައަށެވެ. އަވަށްޓޭރިންގެ އެހީއާއި ވެސް އެކު އެކުއްޖާ ދަންޖެހިފައިހުރި ވާފަށް ކަނޑާލިއިރު ކުއްޖާގެ ހެއެއް ނެތްކަމަށް ވެސް މައުލޫމަތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެކުއްޖާ އަކީ ޝަރަފުދީން ސްކޫލުގެ “ސެން ކްލާސް” ގްރޭޑް 5 ގެ ދަރިވަރެއްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެކުއްޖާގެ މަންމަ މިވަގުތު ހުރީ ބޭސްފަރުވާއަކަށް މާލެގޮހެވެ. ހާދިސާ ހިނގިއިރު ކުއްޖާއާއި ހަވާލުވެގެން ހުރީ ކުއްޖާގެ އެއްބަނޑު ދައްތައެއް ކަމަވެސް މައުލޫމަތު ވަނީ ލިބިފައެ.

ފުލުހުން ދަނީ ދަންޖެހުނު މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ